English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމާ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ހޯމް އެފެއާރޒް ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޝިއާރަކީ “ޤައުމީވަންތަކަމެވެ” އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފުވައްމުލައް ސިޓީގެ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭނެއެވެ. މި މުބާރާތުގައި ކޮންމެ ބައިވެރިއަކަށްވެސް އެއް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާއިރު، މުބާރާތަށް ހުށަހަޅާ ކުރެހުމެއްގައި އަމިއްލަ އެއްވެސް މައުލޫމާތެއް ހިމެނިގެން ނުވާނެއެވެ.

އަންނަ މަހުގެ 03 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް 25 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ކުރިން ފޯމް t.ly/WOUW ހުށަހަޅަންޖެހެއެވެ. އަދި މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް 01 މާރިޗް 2022 ގެ 14:00 ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންޖެހެއެވެ.

މި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ހުށަހެޅިފައިވާއިރު ދެވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާ އަދި 3 ވަނަ އަށްދާ ފަރާތަކަށް 2000 ރުފިޔާގެ ވަނީ ހުށަހެޅިފައެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ ކައުންސިލް އިދާރާއިން އެކަމަށް ކަނޑައަޅާ ބޭފުޅުންނެވެ.

މުބާރާތުގެ ޤަވައިދު: t.ly/nwK1