English Edition
Dhivehi Edition
24 ޖެނުއަރީ 2020ގައި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އާޓިފިޝަލް ބީޗް ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިހުތިޖާޖްގެ ތެރެއިން - ފޮޓޯ: އެމްވީކްރައިސިސް

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުވާލައްވައި މިއަދު ނެރުއްވި ޤަރާރުގައި އެ ކޮމިޝަން އުވާލެއްވީ އެ ކޮމިޝަނުގެ މަސައްކަތް ނިންމަވާފައިވާތީ ކަމުގައި ބަޔާންކުރައްވާފައިވެއެވެ

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުފެއްދެވީ ފެބުރުވަރީ 20، 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނެއް އުފެއްދުވުމަށް ފަހު އެކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމުގައި ރައީސް ސޯލިހް ހަމަޖެއްސެވީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ

އެހެންނަމަވެސް ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނިމިގެން ކޮމިޝަން އުވާލެއްވިއިރުވެސް ކޮމިޝަނުން ކުރި މަސައްކަތުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.