English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް - މުޙައްމަދު ޢަލީ

މަންޓާ އެއާލައިން އިން އައްޑޫއަށް ކުރާ ދަތުރުތަކަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ދަތުރު ފެށުމަށް ނިންމާފައިވާ މި ދަތުރުތަކާއި ގުޅޭގޮތުން މަންޓާ އިން ބުނީ ޑޮމެސްޓިކް ދަތުރުތަކުގެ އަގުތައް ފެށޭނީ ކޮމްފޯޓް ސޭވަރ ޕެކޭޖުން 1450 ރުފިޔާއިން ކަމަށެވެ. ބިޒްނެސް ކްލާހުގައި 2،400 ރުފިޔާއަށް ދަތުރުކުރެވޭނެއެވެ. އެހެންނަމަވެސް މިއަދު އެ އެއާލައިނުން ވަނީ “މަންޓާ އައްޑޫ ޕްރޮމޯ” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށަން ނިންމާ އެކަން އިއުލާންކޮށްފައެވެ.

މި ގޮތުން މި ޕްރޮމޯޝަންގެ ދަށުން 22 ކިލޯގެ ޗެކްޑްއިން ލަގޭޖާ އެކު އިކޮނޮމީ ކްލާހުގައި 1،250ރ. އަށް ދަތުރުކުރެވޭނެއެވެ. އެއްމަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެން މި ޕްރޮމޯޝަނުގައި ބްޒްނެސް ކްލާހުގައި 35 ކިލޯގެ ލަގޭޖާ އެކީ 1،850ރ. އަށް ދަތުރުކުރެވޭނެ އެވެ.

އިންތިޒާރުގެ ވަގުތު ނިމިއްޖެ – މަންޓާ އެއަރގެ ދަތުރުތައް އައްޑޫ ސިޓީއަށް މި މަހު ފަށަނީ

މީގެ އިތުރުން މަންޓާ އެއާލައިން އިން އަގަކާއިނުލާ، ފުރާ ދުވަސް ކިތަންމެ ގިނައިންވެސް ބަދަލު ކުރެވިދާނެ ކަމަށެވެ.މަންޓާއިން މިވަގުތަށް ނިންމާފައިވަނީ ކޮންމެ ދުވަހަކު ވެސް އެއް ފްލައިޓު އައްޑޫ ސިޓީއަށް އެޅުމަށެވެ. އަދި ހޮނިހިރު ދުވަހު ސްރީލަންކަންގެ ޝެޑިއުލްއާ ދިމާކޮށް ހުވަދޫއަށް ވެސް މަންޓާ އެއަރގެ ދަތުރުތައް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.