English Edition
Dhivehi Edition

ރާއްޖޭގައި ވައި ސާފުވާ މިންވަރު ދެނެގަތުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އިފުތިތާހުކޮށް އައްޑޫ ސިޓީ ކައުންސިލުގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރެއް ހަރުކޮށްފިއެވެ.

މިއަދު އައްޑޫ ސިޓީ ގަމުގައި ހުންނަ އީކްއެޓާ ވިލެޖްގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.

ޖަަރުމަނު ވިލާތުގެ ބްރޭންޑެއްކަމަށްވާ “އައި.ކިއު އެއާރ”ގެ ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރު ހަރުކުރުމަށް ނިންމާފައިވަނީ އާބާދީ ބޮޑު ރަށްތަކުގައެވެ. މި މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ 10 ރަށެއްގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރުމަށް ވަނީ ނިންމާފައެވެ. މި ގޮތުން ގދ. ތިނަދޫ، ސ. ހިތަދޫ، އަދި ޏ. ފުވައްމުލަކުގެ އިތުރުން ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ކ. މާލެ، ކ. ހުޅުމާލެ، ދ. ކުޑަހުވަދޫ، ލ. ގަމުގައި މި ސެންސަރ ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ދަށުން ހިންގާ މި މަޝްރޫއުގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސާތައް ހަރުކުރެވިގެންދާނީ އެންވަޔަރަމަންޓް މިނިސްޓްރީގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ

މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ވައިގެ ސާފު މިންވަރު ދެނެގަންނަ ނިޒާމް ޤާއިމް ކުރެވޭ ފުރަތަމަ ރަށަކަށް އައްޑޫ ސިޓީ ވަނީ ވެގެން ގޮސްފައެވެ.