English Edition
Dhivehi Edition
އައްޑޫސިޓީ/ފޮޓޯ އިންޓަނެޓް

އައްޑޫ ސިޓީގައި ގާއިމްކުރާ ގާމެންޓް ފެކްޓްރީއަށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފްތާގައި އެފުރުސަތު ހުޅުވާލާނެ ކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން، (ބީސީސީން) ބުނެފިއެވެ.

ބީސީސީން ބުނީ މި މަޝްރޫއަށް އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފްތާގައި އެ ފުރުސަތު ހުޅުވާލާން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި މަޝްރޫއު އިންވެސްޓަރުންނަށް ހުޅުވާލަން ހަމަޖެހިފައިވަނީ، ޖޮއިންޓް ވެންޗާ އުސޫލުންނާ، ކޮންޓްރެކްޓަރު ފައިނޭންސް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ކަމަށް ބީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމަށްޓަކައި މަޝްރޫއުގެ ކޮންސަލްޓެންޓް އައްޑޫ ސިޓީއަށް ގޮސްފައިވާއިރު ބީސީސީން ބުނީ މި މަޝްރޫއަކީ އައްޑޫ ސިޓީގައި ފެހުމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭނެ ފަހި ފުރުސަތެއް ކަމަށެވެ. އިތުރަށް ބީސީސީން ބުނީ އަމާޒަކީ މި ގާމެންޓް ފެކްޓްރީ ބޭނުންކޮށްގެން ފެހުމުގެ ވިޔަފާރިކުރާ ފަރާތްތަކުން އުފައްދާ އުފެއްދުންތައް ފަސޭހައިން މާކެޓުކޮށް، ބާޒާރަށް ނެރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.

މީގެ ކުރިން ވެސް އައްޑޫގައި ގާމަންޓް ފެކްޓްރީއެއް ހިންގިއިރު ގަމުގައި އެ ފެކްޓްރީ ހުޅުވީ 1981 ވަނަ އަހަރުއެވެ.