English Edition
Dhivehi Edition

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ށ. މިލަަންދުއަަށް ތައާރަފްކޮށްފިއެވެ.

އުރީދޫ އިން މިއަދު ށ،މިލަންދުއަށް ތައާރަފްކުރި މި ހިދުމަތާއި ބެހޭ ގޮތުން އެކުންފުނީގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ ދުނިޔަވީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ތައުލީމާއި، ބޭސްފަރުވާގެ ހިދުމަތްތަކަށާއި، ވިޔަފާރިތަކަށް އިންޓަނެޓްގެ މުހިންމުކަަން މިވަނީ އިތުރުވެފައިކަމަށެވެ. . އެހެންކަމުން އިންޓަަނެޓްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަަކަށް ފުޅާކުރުމަކީ މުހިންމުކަމެއްގައި ނިޔާޒު ވިދާޅުވިއެވެ. “މިއަދު އަޅުގަނޑުމެން މިވަަަނީ ސުޕަރނެޓްގެ ޚިދުމަތް ށ.މިލަންދޫއަށް ތައާރަފްކޮށް، މިލަންދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީފަ”. އަޅުގަނޑުމެން މިދަނީ ހިދުމަތްތައް އަޕްގްރޭޑް ކުރަމުން” ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒު ވިދާޅުވީ ދާދިފަހުން އުރީދޫ އިން ހޯމް ބްރޯޑްބޭންޑް ޕެކޭޖްތައް ވަނީ އަލުން އާރާސްތުކުރެވިފަަައިކަމަށެވެ. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް އެކުލެވޭ މި ޕެކޭޖްތަކަަކީ މާކެޓްގަައި އެންމެ ރަަނގަޅު ޕެކޭޖްތަައް ކަން ނިޔާޒު ވަނީ ފާހަގަކުރައްވާފައެވެ، އިތުރަށް ނިޔާޒޔ ވިދާޅުވީ ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަަށް މަންފާވާނެ ފަދަ ޙިދުމަަތްތަަައް ފޯރުކޮށްދިނުމުގައި އުރީދޫ އިން ދެމި ތިބޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.

މަހިބަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރައްވާށެވެ.