English Edition
Dhivehi Edition
ފޮޓޯ: ވަގުތު އޮންލައިން

މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ދެކުނުގެ ހަތަރު އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވަނީ މިއަދު ހެނދުނު 6:45 އިން 10:45 އާ ހަމަޔަށް ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ. އަދި މިއަދު 18:00އާ ހަމައަށް މެދު ރާއްޖެތެރެ އާއި ދެކުނުގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރުމާއެކު ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މެޓުން ލަފާކުރާގޮތުން މިއަދު ވައިޖެހޭނީ ހުޅަނގުު ދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށާ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން 2 ފޫޓާއި 4 ފޫޓާއި ދެމެދުގައި ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށްވުމާއެކު ކަމާއި ބެހޭ އިދާރާތަކުން ވަނީ ވިއްސާރާގައި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.