އިނގިރޭސި ރާނީ އެލިޒަބަތް-2 ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މެސެޖެއް ފޮނުއްވައިފި އެވެ.
ރާނީ އެލިޒަބަތު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އިނގިރޭސިވިލާތުގެ ޝާހީގަނޑުވަރުން ވަނީ ހާމަކޮށްފައެވެ. ޝާހީގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ވަގުތ ފެންނަމުންދަނީ ބަލީގެ ކުދިކުދި އަލާމާތްކަމަށާއި ރާނީގެ ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރަމުން އަންނަކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެކަމަނާގެ ހާލުކޮޅު ރަނގަޅުކަމަށް ޝާހީގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ
ރަނީއަށް އަވަސް ޝީފާއަކަށް އެދި ރައީސް ފޮނުއްވެވި މެސެޖްގައި ދިވެހިރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ރާނީއަށް އަވަސް ޝިފާއަށް އެދިވަޑައިގެންފައިވެއެވެ. އަދި ރާނީއަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ،
ރާނީ ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ކަމަނާއަށް ހެޔޮދުއާގެ މެސެޖްތައް ރައްދުކުރަމުންނެވެ.