English Edition
Dhivehi Edition

މިއަހަރުގެ ގްލޯބަލް ޑިސެބިލިޓީ ސަމިޓްގައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ތިން ވަޢުދެއް ވެވަޑައިގެންފިއެވެ.

މި ސަމިޓު ގައި އެކަމަނާ ވެވަދައިގެންނެވި ވަޢުދުތަކުގެ ތެރޭގައި ހިމެނެނީ އިޖުތިމާއީ ރައްކާތެރިކަން އެންމެނަށް ޙާޞިލުވުމަށް މަގުފަހިވާނެގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ ސްކީމްތައް މިހާރަށްވުރެ ފަސޭހަކަމާއެކު އެފަރާތްތަކަށް ވާޞިލުވެވޭގޮތަށް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިގުތިޞާދީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭގޮތަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން ވެސް އެ ވަޢުދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ސަމިޓްގެ މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކުގެ ބައިނަލްއަޤުވާމީ މުޢާހަދާ (ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސެބިލިޓީސް) ގައިވާ ކަންކަން އިތުރަށް ތަންފީޒުކުރުމުގެ މަސައްކަތަށް ޢަމަލީ ސިފައެއް ގެނެއުމެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި މި ސަމިޓްގެ ބައިވެރިން ވަނީ އެކި ވައުދުވެފައެވެ. މިގޮތުން 171 ފަރާތަކުން ޖުމްލަ 968 ވައުދެއް ވެފައިވެއެވެ.

އިންޓަރނޭޝަނަލް ޑިސެބިލިޓީ އެލަޔަންސް (އައި.ޑީ.އޭ) އަދި ނޯރވޭގެ ސަރުކާރުން ގާނާގެ ސަރުކާރާ ގުޅިގެން މި ސަމިޓް ބާއްވާފައި ވަނީ 16-17 ފެބުރުވަރީ 2022 ގައި ވަރޗުއަލްކޮށެވެ.