English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ނިއުސް ކަރްނާޓަކާ

ޢާއިލީ 26 މައްސަލައެއް މިއަހަރު ފެބްރިވަރީ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ޢާންމުކުރި ތަފާސް ހިސާބުން ދައްކާގޮތުގައި މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 14 މައްސަލައާއި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 9 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 3 މައްސަލަ ހިމެނޭ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 13 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ތިން މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ މައްސަލައެއް ފެބުރުވަރީމަހު ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 14 މައްސަލަ ފެބުރުވަރީ މަހު ހުށަހަޅައިފައިވާއިރު، އޭގެތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 6 މައްސަލައާއި ރުޅި އިސްކުރުން / ރުޅި ގަދަވެގެން އުޅުމުގެހަތަރު މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ ހަތަރު މައްސަލަ ހިމެނޭ ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 10 މައްސަލަ ފެބުރުވަރީ މަހު ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާއިރު، ފެބުރުވަރީ މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 193 އެވެ.

ފެބުރުވަރީ މަހުގައި އެއްކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ކަމަށާއި އެއްކުއްޖެއް ރީއިންޓަރގްރޭޓް ކުރެވި، 18 އަހަރު ފުރުމާއިގުޅިގެން 2 ކުދިންއަށް ވަޒީފާ ހޯދަދެވިފައިވާ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައެވެ.