ދައުލަތުގެ ބެލުމުގައި ދަށުގައި ހުރި ކުޑަކުއްޖަކު ބަލިވެއިން ކަމަށް ބުނެ މީސްމީޑިއާގައި ފެތުރުނު ޚަބަރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ދޮގުކޮށްފި އެވެ.
އެގޮތުން ޖެންޑަރ މިނިސްޓްރީ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 13 އަހަރުގެ ކުޑަކުއްޖަކު ބަލިވެއިންކަމަށް ބުނެ ފަތުރަނީ ޙަޤީޤަތާ ޚިލާފު ޚަބަރެއް ކަމަށެވެ.
އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަދުނާމުކޮށް، އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ބާވަތުގެ ކަންކަން ނުކުރުމަށް އިލްތިމާސްކުރަމެވެ.
— Ministry of Gender, Family and Social Services (@MoGFSSmv) December 11, 2019
އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަދުނާމުކޮށް، އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ބާވަތުގެ ކަންކަން ނުކުރުމަށްވެސް ޖެންޑަރ މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު ބަލިވެއިން ކަމަށް ފެތުރުނު ވާހަކައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިންވެސް ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.