English Edition
Dhivehi Edition
ފޮޓޯ:ދާންދޫ ކައުންސިލް

ގއ. ދާންދޫ ފުޓްބޯޅަދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ޑީއެމްއެން ކޮމްޕެނީ އާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ޑީއެމްއެން ކޮމްޕެނީއާ ހަވާލުކުރުމަށް މި މަހުގެ 13 ވަނަ ދުވަހު ދާންދޫ ކައުންސިލް އިދާރާގައި ބޭއްވުނު ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދާންދޫ ކައުންސިލްގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް އެވެ. އަދި ޑީއެމްއެން ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ރައްޒާން ނިޔާޒް އެވެ.

މި އެއްބަސްވުމުގެ ދަށުން ދާންދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ޔޫތު މިނިސްޓްރީން ބަޖެޓްދީގެން ދާންދޫ ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު 68ދުވަސް ތެރޭ ނިންމުމަށް ޑީއެމްއެން އާއި ހަވާލުކޮށްފައިވާ އިރު މި މަސައްކަތުގެ ޖުމްލަ އަގަކީ 1.2 މިލިއަން ރުފިޔާއެވެ،