English Edition
Dhivehi Edition

ކޮރެއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ހިއޮން ބިން އާއި ސޮން ޔޭ ޖިން ކައިވެނިކުރަން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.

ނެޓްފްލިކްސް ކޮރެއާ ޑްރާމާ “ކްރެޝް ލޭންޑިން އޮން ޔޫ” އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން އިއުލާންކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ.

ސޮން ޔޭ ޖިން ކައިވެނިކުރަން އުޅޭކަން އިއުލާންކޮށް އޭނާގެ އިންސްޓަގްރާމްގައި ކޮނޑެއްގައި އަޅުވާފައިވާ ކައިވެނީގެ ހެދުމާއެކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ތައްޔާރު ވަމުން އަންނަކަމަށެވެ.

ރާއްޖޭގެ ކޭ-ޑްރާމާ ފޭނުންގެ ހިތުން ހާއްސަ މަގާމެއް ހޯދާފައިވާ މި ދެތަރިން ދިމާވީ އެކުގައި މަސައްކަތްކުރި ބައެއް ޕްރޮޖެކްޓުތަކުންނެވެ. މި ގޮތުން މި ދެތަރިން އެންމެ ފުރަތަމަ އެކުގައި ފެނިގެން ދިޔައީ 2018 ވަނަ އަހަރު ނުކުތް ކޮރެއާ ފިލްމަކުންނެވެ.