English Edition
Dhivehi Edition

އައްޑޫ ސިޓީ ލިންކް ރޯޑްގެ ހިތަދޫ އަވަށުގައި 60 ކިލޯ މީޓަރަށް ދުއްވުމުގެ، ހުއްދަ ފެށޭ ހިސާބަށް ބަދަލު ގެނެސްފިއެވެ،

ހިތަދޫ ޒޯން ސްޓެޑިއަމް ދިމާލުން ލިންކް ރޯޑުގައި ހަރުކުރެވިފައި ހުރި 60 ކިލޯ މީޓަރުގެ ސްޕީޑް ބޯޑް މިހާރުވާނީ އާރޭފް މަގުގެ ރުއްގަނޑު ފެށޭ ސަރަހައްދަށް ބަދަލު ކޮށްފައެވެ،ލިންކް ރޯޑްގައި 60 ކިލޯމީޓަަރަށް ދުއްވުމުގެ ހުއްދަ މިހާރު އޮންނާނީ ރުއްގަނޑު ފެށޭ ސަރަހައްދުން މަރަދޫ ކޮޅުން ހަންކެޑެ ފެށޭ ހިސާބާ ދެމެދުގައެވެ.

މިއަދު މާމެންދޫ ދާއިރާގެ ކައުންސިލަރު އަދާލާ ރަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިތަދޫ މިސަރަހައްދަކީވެސް މިހާރު މީހުން އާބާދުވެފައިވާ ސަރަހައްދެއް ކަމުން ދުއްވާ ފަރާތައް ފަރުވާތެރިވުމަށް އިލްތިމާސް ކުރާކަަމަށެވެ.

.ދެހާސް އެއްވަނަ އަހަރު ހުޅުވުނު 16 ކިލޯމީޓަރުގެ އައްޑޫގެ ލިންކް ރޯޑަކީ، ރާއްޖޭގައި ހެދިފައިވާ މަގު ތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ދިގު އެއް މަގެވެ.