English Edition
Dhivehi Edition

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ޕީސީއާރު ޓެސްޓް ހަދާ އަގު ކުޑަކޮށްފި ކަމަށް އެ ހޮސްޕިޓަލުުން ބުނެފިއެވެ.

ރާއްޖެއިން ބޭރަށް ފުރުމަށް ބޭނުންވާ ރަސްމީ ތައްގަނޑު ޖަހާފައިވާ ޕީސީއާރު ޓެސްޓްގެ ރިޕޯޓް މީގެ ކުރިން 1050 ރުފިޔާއަށް ހަދަމުން ދިޔަ ނަމަވެސް ޕީސީއާރު ޓެސްޓުގެ އަގު މިހާރު 700 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ބުނެފައެވެ.

ޕީސީއާރު ޓެސްޓުގެ ނަތީޖާ ރިޕޯޓް ބޭނުންވާނަމަ ފައިސާ ދައްކަންޖެހޭއިރު، މެސެޖަކުން ނަތީޖާ ބޭނުންނަމަ، ހިލޭ ޓެސްޓުކުރެވެއެވެ.

އައްޑޫގައި ކޮވިޑް-19 ޕީސީއާރު ޓެސްޓުކުރާ ހަމައެކަނި ތަނަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލެވެ. އެހެން ނަމަވެސް ރެޕިޑް އެންޓިޖެން ޓެސްޓުތައްވެސް އައްޑޫގެ ފިހާރަތަކުން ވިއްކަން ހުރެއެވެ