English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.

ރާޝިދަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރާޝިދަށް ލިބިވަޑައިގަތީ 1,401 ވޯޓެވެ. އެއީ ވޯޓުދިން މީހުންގެ ތެރެއިން 48.5 ޕަސެންޓު މީހުންގެ ވޯޓެވެ. އެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 40 ޕަސެންޓު ވޯޓެވެ. އެމްއެންޕީގެ އަބްދުލް ހަންނާން އިދުރީސަށް ލިބިވަޑައިގަތީ 323 ވޯޓެވެ. އެއީ ވޯޓުދިން މީހުން ތެރެއިން 11 ޕަސެންޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ