English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ލުން ކުރިއަށް ދަނިކޮށް، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވޯޓު ފޮއްޓެއް ކައިރީ ކެމްޕޭން ކުރެއްވި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ކެމްޕޭންކޮށް “ވޯޓަށް ނުފޫޒު ފޯރުވަމުން” މަސައްކަތް ކޮށްފައިވަނީ ށ. ފޯކައިދޫގެ ވޯޓު ފޮއްޓެއް ކައިރީގައިކަމަށެވެ.

މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސް ވާދަކުރައްވާއިރު، މި އިންތިހާބުގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މި ގޮތުން ވާދަވެރި ކެމްޕެއިނަކަށް ފަހު މިއަދު ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު އެމްޑީޕީ އާއި ޕީޕީއެމް މެމްބަރުންގެ މެދުގައި ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ،