English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން ކާމިޔާބުކޮށްފިއެވެ.

އެ ދާއިރާގެ ވޯޓުލުމަށް ހަތް ވޯޓުފޮއްޓެއް ބަހައްޓާފައިވާއިރު މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ކުރީގައި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ.

އެއް ފޮށި ފިޔަވައި އެހެން ހުރިހާ ފޮށީިގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު, ރާޝިދުއާ އެންމެ ގާތުން ވާދަކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ރާޝިދުއަށް ލިބިފައިވަނީ 1،119 ވޯޓެވެ. ފަތުހީއަށް ލިބިފައިވަނީ, 924 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.