ވޭތުވެދިޔަ 40 އަހަރު ތެރޭގައި ދުނިޔޭގެ ކުޑަކުދިން އުމުރަށް ވުރެ ބަރުދަން މަތިވާ މިންވަރު ދިހަ ގުނަ އިތުރު ވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މިދިރާއަކީ 1975 އިން ފެށިގެން 2016 ވަނަ އަހަރާ ހަމަޔަށް ކުދިންގެ އިސްކޮޅާއި ބަރުދަން ރެކޯޑު ކުރެވިފައިވާ ރިކޯޑުތަކަށް ބަލައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިފަދަ 2400 ދިރާސާތަކަށް ބަލައި އެއިން ނެރެފައިވާ ބޮޑު ދިރާސާއެކެވެ. މި ރިކޯޑުތަކަކީ ޑަބް.ލިއު.އެޗް.އޯ ގެ ރިކޯޑު ތަކެކެވެ.
އެގޮތުން މި މިންވަރު އެންމެ ބޮޑުވެފައިވަނީ ޕޮލިނީޝިއާ އަދި މަކްރޯނީޝިއާ ސަރަހައްދުގައިއެވެ.
މި ދިރާސާ ކޮއްފައިވަނީ ލަންޑަންގެ އިމްޕީރިއަލް ކޮލެޖުގެ ގްލޯބަލް އެންވައިރޮމެންޓް ޕްރޮފެސަރެއް ކަމުގައިވާ މާޖިދް އިއްޒަތީ އަދި އޭނާގެ ޓީމުންނެވެ. މި ދިިރާސާ ހަދާފައި ވަނީ ކުދިންގެ އުމުރަށް ރިއާޔަތް ކޮށް ކުދިންގެ އިސްކޮޅާއި ބަރުދަން ބެލުމަށް ފަހު ޑަބްލިއު.އެޗް.އޯ އިން ކަންޑައަޅާފައިވާ ބީ.އެމް.އައި (ބޮޑީ މާސް އިންޑެކްސް) ކަލްކިއުލޭޓް ކޮއްގެންނެވެ.
ބީ.އެމް.އައި ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އެވްރެޖު ގޮތެއްގައި އިތުރުވެފައިއެވެ. މިއީ އެފްރިކާ ބައްރުގައި ދިިރިއުޅޭ ކުދިންވެސް ހިމަނައިގެންނެވެ. ނަމަވެސް އެފްރިކާ ސަރަހައްދު ތަކުގައި މި މިންގަނޑު ހިފެހެއްޓެނީ މަދު ފަހަރަކުއެވެ. ނަމަވެސް ސައުތު އެފްރިކާ ވަނީ ކޮންމެ ދިހަ އަހަރަކުން ބީ.އެމް.އައި 400 އިންސައްތަ އިތުރު ވެފައެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި ދުނިޔޭގައި ފަލަވާ މީހުން އެންމެ ގިނަ ސަރަހައްދު ތަކުގައި މި ކުޑަކުދިންގެ ބީ.އެމް.އައި އަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ޕޮލިނީޝިއާ، މައިކްރޯނީޝިއާ، އިރު ދެކުނު އޭޝިއާ އަދި ދެކުނު އޭޝިއާ އަދި އިތުރުން އެމެރިކާގައި ވެސް މި މިންވަރު އުޅެނީ އާބާދީގެ ނިސްބަތުން %20 އަށް ވުރެ މަތީގައެވެ.
އިއްޒަތީ ވިދާޅުވީ މިފަދަ ގައުމުތަކުގައި މި މިންވަރު ހިފެހެއްޓިފައި އޮތުމަކީ ރަންގަޅު ފާލެއް ކަމުގައެވެ. އެއީ ކުޑަކުދިން ފަލަވާ މައްސަލަ ހައްލު ކުރުމަށް މާ ބޮޑެތި ފިޔަވަޅުތަކެއް މިއިން އެއްވެސް ގައުމެއްގައި އެޅިފައި ނެތުމެވެ.
މިދިރާސާގައި ވަނީ ބަރުދަން މާ ބޮޑައް ލުއި ކުދިން ތިބި މިންވަރު ވެސް ފާހަގަ ކޮއްފައެވެ. އެގޮތުން ފިރިހެން ކުދިންނަށް ބަލާއިރު 1975 އިން 2016 ވަނަ އަހަރަށް ވަނީ %14.8 އިން %12.4 އަށް ދައް ކުރެވިފައި ކަމަށް ވެސް އިއްޒަތީގެ ޓީމުން ފާހަގަ ކުރެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އަންހެން ކުދިން ވަނީ %9.2 އިން %8.4 އަށް ތިރި ކުރެވިފައެވެ.
މިފަދަ ދިރާސާތަކުން އެނގިގެން ދަނީ ކުޑަކުދިންގެ ސިއްހަތަށް ދެވިފައި އޮންނަ އަހަމީއްޔަތު ކަމެވެ. ވަކި ވަރަކަށް ވުރެ ކޮންމެ މީހަކުވެސް ބަރުވެއްޖެ ނަމަ އެއީ ސީއްޙި އެތަކެއް ތަކުލީފަކާ ކުރިމަތީ ލާން ޖެހޭނެ ކަމެކެވެ.