English Edition
Dhivehi Edition

ސްރީލަންކާއިން ގެއްލިގެން ހޯދި އަފްހަމް ނަސީރު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އައްޑޫސިޓީ އަދި ދ.މީދޫ އަށް ނިސްބަތްވާ އަފްހާމް ނަސީރު ނަމަކަށް ކިޔާ 22 އަހަރުގެ އެ ޒުވާނާ ގެއްލިގެން ހޯދަމުން އަންނަކަން އެނގިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އޭނާ ގެއްލިފައިވަނީ ދެހިވަލައިން ކަމަށް މައުލޫމާތު ލިބެއެވެ.

އަފްހާމްގެ އެކުވެރިން ބުނާ ގޮތުންނަމަ އޭނާ ގެއްލިފައިވަނީ ރޭގެ ވަގުތެއްގައެވެ. އެންމެ ފަހުން އޭނާގެ ހަބަރެއް ވެފައިވަނީ ރޭ 1 ހާއިރުކަމަށް އެކުވެރިއަކު ވަނީ ބުނެފައެވެ.

އޭނަގެ ހަށިގަނޑު ވެލެވަތޭގެ ބީޗު ސަރަހައްދުން ރޭލު ދަގަނޑެއްގެ ކައިރިން ފެނިފައިވާއިރު އޮތީ މަރާލާފައި ކަމެއް އަދި އަމިއްލައަށް މަރުވެފައި ކަމެއް ޔަގީން ނުވެއެވެ. އަފްހަމްގެ ހަށިގަނޑު ފެނުނުއިރު، އޭނާ ގެންގުޅުނު ބައެއް ސާމާނު ވެސް ކައިރިން ފެނުނު ކަމަށްވެ އެވެ.

ސްރީލަންކާގެ ޕޮލިސް އިންޓެލިޖެންސް އިން މި މައްސަލަ ތަޙުގީގު ކުރަމުން އަންނަ އިރު ފުލުހުން ވަނީ އަފްހަމް ގެ އެންމެ ގާތް އެކުވެރިޔާއަށް ފޮޓޯ ދައްކައި އޭނަގެ އައިޑެންޓިޓީ ކަށަވަރުކޮށްފައެވެ.

އަފްހަމަކީ 2019 ގައި ލަންކާ އަށް ބަދަލުވެ، ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ