English Edition
Dhivehi Edition

ވައިގެ މަގުން. ރާއްޖެއަށް އެތެރެ ކުރަން އުޅުނު 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އިއްޔެ ބްރެޒިލް އިން ރާއްޖެ އައި ދެމީހެއް އަތުލައިގެންފައިވަނީ އެ ދެމީހުންގެ އުޅުން ހުރި ގޮތުން ޝައްކު ކުރެވިގެން ލަގެޖް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި 23 އަހަރުގެ ބްރެޒިލް އަންހެނެކެވެ.

މި މައްސަލައިގައި ހިފެހެއްޓި ފިރިހެން މީހާގެ އަތުން 1.760 ކިލޯ ގްރާމްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި އަންހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގައި 2.503 ކިލޯ ގްރާމް ހުންނާނެކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އިއްޔެ އަތުލައިގަތް މަސްތުވާތާކެތީގެ ބަރުދަނުގައި ޖުމްލަ 4.263 ކިލޯ ހުންނާނެ ކަމަށް ކަސްޓަމްސް އިން ބުނެފައިވާއިރު މި ތަކެތީގެ މަގުމަތީ އަގު 21،315،000.00 ރުފިޔާއަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.