English Edition
Dhivehi Edition
އިމިގްރޭޝަންގެ އޮފިޝަލަކު ޕާސްޕޯޓެއް ބަލަނީ - ފޮޓޯ: ޓްވިޓާ (އިމިގްރޭޝަން)

ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނައި ޕެކޭޖެއްގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ އެ ޕެކޭޖު ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު ކަސްޓަމްސް އިން ބުނީ ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެ ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 395 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 987,500.00 (ނުވަލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ހިމެނޭ ފިރިހެނެއް ފުލުހުންނާ ހަވާލުކޮށް މައްސަލަ އިތުރަށް ވަނީ ތަހުގީގުކުރަން ފަށާފައެވެ.