ގދ. ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.
އެ މަސައްކަތްކުރާ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިކަން ހާމަކުރެއްވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ބުނެފައިވަނީ ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފެށުމަށްޓަކައި ބޭނުންވާ ރޯމެޓީރިއަލްސް މިހާރުއެ ރަށަށް ގެންގޮސްފައިވާކަމަށެވެ.
ގދ.ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފެށުމަށްޓަކައި ބޭނުންވާ ރޯމެޓީރިއަލްސް މިހާރު ވަނީ އެ ރަށަށް ގެންދެވިފައި. މި ޕްރޮޖެކްޓްގެ ދަށުން 6.5 ކިލޯ މީޓަރުގެ މަގު ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައި.#ޓީމްއާރްޑީސީ pic.twitter.com/IdEIyAhyNH
— Road Development Corporation Ltd (@rdcmaldives) February 5, 2022
މިދިޔަ އަހަރުގެ އޭޕްރިލް މަހު ސޮއިކޮށްފައިވާ މި މަޝްރޫގެ ދަށުން ތާރު އެޅުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. ތިނަދޫ މަގުތަކުގައި ތާރުއަޅަން ހަވާލުކުރީ 78.80 މިލިއަން ރުފިޔާ އަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
އެ މަޝްރޫއުގެ ދަށުން 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ އިރު، މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ނިންމާފައެވެ.