English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ ފައިދާއިން ހިއްސާއަކަށް 2.70 ބަހަން އުރީދޫ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

މިގޮތަށް ނިންމީ، މި ފެބްރުވަރީ މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.

ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ނިންމިނަމަވެސް ބޯޑުގެ މި ނިންމުން ފާސްކުރާނީ އަހަރީ ޢާންމު ޖަލްސާގައި ޙިއްސާދާރުންގެ ވޯޓުންނެވެ.

އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ބޭއްވުމަށް ނިންމާފައިވާ އިރު، އެ ޖަލްސާއިން އެކަން އެގޮތަށް ކުރުމަށް ފާސްކުރުމުން މާރޗް މަހުގެ ތެރޭގައި ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބަހަންފަށާނެއެވެ.

އެ ކުންފުނީގެ 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ޙިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ފައިބެއަހަރު އެ ކުންފުނިން ބަހާފައިވަނީ ހިއްސާއަކަށް 2.34 ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ޢަދަދަކީ މިދިޔަ އަހަރަށްވުރެ 36 ލާރި އިތުރު ޢަދަދެކެވެ.