English Edition
Dhivehi Edition

އުރީދޫން ހިދުމަތް ހޯދާ ފަރާތްތަކުގެ މެދުގައި، ދޯހާ މެރަތަންގައި ބައިވެރިވުމަށް ބޭއްވި ލަކީ ޑްރޯއިން ހޮވުނު ދެ ނަސީބުވެރިން ދޯހާ މެރެތަންއަށް ދިއުމަށް ފުރައިފި އެވެ.

މިމަހުގެ 17 ވަނަ ދުވަހު ދޯހާގައި ކުރިއަށްދާ ދޯހާ މެރެތަން އަށް ފުރީ ކަސްޓަމަރުންގެ ލަކީ ޑްރޯއިން ހޮވުނު މުހައްމަދު އަޒުހަދު އަހުމަދު އަދި ތާރިގު މުހައްމަދު ރަޝީދެވެ. އަދި އުރީދޫ ސްޓަފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އާއި ހުސައިން ފަރާޒު މުހައްމަދުވެސް ވަނީ އިއްޔެ ފުރާފައެވެ.

ދޯހާގައި އޮންނަ މެރަތަންގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ހޯދުމަށް އުރީދޫ މޯލްޑިވްސް އިން ލަކީ ޑްރޯއެއް ހުޅުވާލީ މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅުގަ އެވެ.

ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް ހޯދައިފައިވާ ދޯހާ މެރެތަންގައި، މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15000ށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ. ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް އާއެކު ދޯހާ މެރެތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިޔުމަށް ކޮލިފައި ވާނެއެވެ.