English Edition
Dhivehi Edition

ވޯލްޑް ވެޓްލޭންޑް ޑޭ ފާހަގަކުރުމުގެ ގޮތުންން ފުވައްމުލައް ސިޓީ ނޭޗާރ ޕާކް އިން ޓިކްޓޮކް މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމައި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

‘އެފްއެންޕީ ޓިކްޓޮކް’ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހުގެ 14:00 ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެފްއެންޕީ ޓިކްޓޮކް އެކައުންޓް ފޮލޯ ކުރުމަށްފަހު ފުވައްމުލައް ސިޓީގެ ވެޓްލޭންޑް ގެ ވީޑިއޯ އެއް އަޕްލޯޑްކުރުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ. ކޮންމެ މީހަކަށްވެސް އެއް ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ވީޑިއޯ ގައި ފުވައްމުލައް ނޭޗާރ ޕާކް ޓެގް ކުރަންޖެހެއެވެ.

May be an image of text

މި މުބާރާތުގައި އެންމެ ގިނަ ލައިކްސް ލިބޭ ވީޑިއޯ އަށް އެއްވަނަ ލިބިގެންދާއިރު ދެ ވީޑިއޯ ނުވަތަ އެއަށްވުރެ ގިނަ ވީޑިއޯ އަށް ލިބުނު ލައިކްސް އެއްވަރުވެއްޖަނަމަ ގުރުއަތުން އެއްވަނަ އަށް ދާ ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އެއްވަނަ އަށް ދާ ފަރާތް އިއުލާންކުރުން މި މަހުގެ 10 ވަނަ ދުވަހުގެރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އިނާމަކަށް ކަނޑައަޅާފައިވަނީ 500 ރުފިޔާ އާއި ދެ މީހަކަށް ޑިނަރ ނައިޓްއެވެ.