English Edition
Dhivehi Edition
ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް - ފޮޓޯ: ނިޝާން އަލީ (މިހާރު)

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް، ފެބްރުއަރީ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލްކޮށްފިއެވެ،

މި ދިޔަ މަހުގެ 19 ވަނަ ދުވަހުވެސް މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ނިންމާފައިވާއިރު ފަހުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. އަދި މަހުލޫފުގެ ޝަރީއަތް ދެން ކުރިއަށް ދާނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކަމަށް ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެހެންނަމަވެސް މިއަދު ކްރިމިނަލް ކޯޓުން ބުނީ ގިނަ މީހުން ކޯޓު ރޫމަށް ގެނެސް ގެންގޮސް ކޯޓު ރޫމް މެނޭޖް ކުރަން ބޭނުންވާ ސެކްޝަންގެ ކޯޓު އޮފިސަރު ކޮވިޑަށް ފައްސިވުމަށް ފަހު މިހާރު ރަނގަޅުވެފައިވާކަމަށެވެ. އަދި ކޯޓުގެ ގިނަ މުވައްޒަފުން ބޫސްޓާ ޑޯޒް ޖަހާފައިވާތީ އެ މައްސަލަ މި މަހުގެ 10 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން މަހްލޫފުގެ މައްޗަށް ދައުވާ އިފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގައި ރިޝަވަތު ހިފާފައިވާކަމަށް ތުހުމަތުކޮށެވެ.ދައުލަތުން، ވަނީ މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ތުހުމަތުކޮށްފައެވެ.