English Edition
Dhivehi Edition

‘ސިޔާސީ ޕާޓީތަކަށް ދާންދޫ އިން ބިން ދޫކުރުމުގެ އުސޫލު 2022’ ފާސްކޮށް، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުން އެ އުސޫލު އާންމުކޮށްފިއެވެ.

ދާންދޫ ކައުންސިލުން އާންމުކުރި އުސޫލުގައި ބުނެފައިވަނީ މީގެ ބޭނުމަކީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 20000 މީހުން ހަމަވާ ސިޔާސީ ޕާޓީތަކުން ޕާޓީއެއްގައި
ދާންދޫގެ ރައްޔިތުންގެ ތެރެއިން، އެޕާޓީއެއްގެ ދަފްތަރުގައި 300 މީހުން ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ސިޔާސީ ޕާޓީއެއްގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް، ޕާޓީގެ އިދާރީ އޮފީސް / ހަރުގެ ހެދުމަށް ބޭނުންވާ ސިޔާސީ ޕާޓީތަކަށް ދާންދޫ އިން ބިންދޫކުރުން ކަމަށެވެ.

މި އުސޫލުގެ ދަށުން ބިން ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ސިޔާސީ ޕާޓީއަކުން ބިން ހޯދުމަށ ދާންދޫ ކައުންސިލަށް އެދިއްޖެ ނަމަ އެބިންދޫކުރާނެ ތަން ދާންދޫ ކައުންސިލުގެ އަޣުލަބިއްޔަތުން ފާސްކޮށް ކަނޑައަޅައި، ދާންދޫ ލޭންޑްޔޫސް ޕްލޭނުގައި ހިމަނައި އެބިން ދާއިމީކޮށް ބިން ހޯދަން އެދުނު ސިޔާސީ ޕާޓީއަކަށް ދިނުމުގެ ހުއްދަ މޯލްޑިވްސް ލޭންޑް ސަރވޭ އޮތޯރިޓީ އިން ލިއުމުން ހޯދުމަށްފަހުކަމަށވެެ. އަދި އެބިމަށް އެދިފައިވާ ސިޔާސީ ޕާޓީ އަށް އެބިން ދިނުމަށް ދާންދޫ ކައުންސިލުގެ އަޣުލަބިއްޔަތުން ފާސް ކޮށް ބިން އެފަރާތަކަށް ދާންދޫ ކައުންސިލްގެ ސިޓީއަކުން ހަވާލުކުރާނެ ކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ،

ސިޔާސީ ޕާޓީތަކަށް ދާންދޫ އިން ދެވޭނީ ބިން ހުރި ނިސްބަތަކުން 1000 އަކަފޫޓަށްވުރެ ކުޑަނޫން އަދި 2000 އަކަފޫޓަށްވުރެ ބޮޑު ނޫން ބިމެއްކަމަށްވެސް މި އުސޫލުގައި ވަނީ ބުނެފައެވެ. އަދި މި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އެއްވެސް ކުއްޔަކާއި ނުލާކަމަށްވެސް އެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

https://storage.googleapis.com/gazette.gov.mv/docs/iulaan/71532.pdf