English Edition
Dhivehi Edition

\އިންޓަރ އޮފީސް ނެޓްބޯޅް މުބާރާތުގެ ޗެމްޕިއަންކަން މިފްކޯ ހޯދައިފިއެވެ.

ވިލިނގިލީގައި ކުރިއަށްދާ އިންޓަރ އޮފީސް ނެޓްބޯޅް މުބާރާތުގެ ފައިނަލް މެޗް ރޭވަނީ ކުޅެފައެވެ. އެގޮތުން ފައިނަލް މެޗްގައި ވާދަކޮށްފައިވަނީ މިފްކޯ ޓީމް އާއި ވިލިނގިލި ކައުންސިލް ޓީމެވެ. ވާދަވެރި ރޫހެއްގައި މި މެޗް ކުރިއަށް ގެންގޮސްފައިވާއިރު ބޮޑު ނަތީޖާ އަކުން ކުރި ހޯދައި މިފްކޯ ޓީމް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިއެވެ.

އެގޮތުން މިފްކޯ ޓީމަށް 35 ޕޮއިންޓް ލިބިފައިވާިރު ވިލިނގިލި ކައުންސިލަށް ލިބުނީ 07 ޕޮއިންޓެވެ. މިފްކޯގެ ސީ.އީ،އޯ އިސްމާއިލް ފަޢުޒީ ޝަރަފްވެރިކޮށްދެއްވި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްކޯ ޓީމްގެ ގޯލް ޑިފެންޑަރު ރުވަނީޔަޓިގަންމަނައެވެ.

ފައިނަލް މެޗް ނިމުމާއެކު މުބާރާތުގެ ވަނަތަކަށް ގޮސްފައިވާ ޓީމް ތަކާއި މުބާރާތުގެ އެކި އެކި މަގާމް ތަކަށް ހޮވިފައިވާ ކުޅުންތެރިންނަށް ފައިސާގެ އިނާމާއި ޓްރޮފީ އަދި ސެޓްފިކެޓް ވަނީ ހަވާލުކޮށްދީފައެވެ.

މިމުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ގޮތުގައި ހިމެނުނީ

ޔަޓިގަންމަނަ (މިފްކޯ ޓީމް)

އައިޝަތު ނާޒިމާ (މިފްކޯ ޓީމް)

މަރިޔަމް ރިޝާ ހަސަން (މިފްކޯ ޓީމް)

ފާތިމަތު ޖޫޒަން ޒަރީރް (ވިލިނގިލި ކައުންސިލް)

ޝަހުޒާ އަބްދުލް އަޒީޒް (ވިލިނގިލި ކައުންސިލް)

މަރިޔަމް ޝާއީ (ކޫއްޑު އެއަރޕޯޓް)

އައިޝަތު އިބްރާހިމް (ގއ އަތޮޅު ހޮސްޕިޓަލް)

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް މިފްކޯ ޓީމްގެ އައިޝަތު ނާޒިމާ ހޮވިފައިވާއިރު މުބާރާތުގެ އެންމެ މޮޅު ކޯޗަކަށްވެސް ހޮވިފައިވަނީ މިފްކޯ ޓީމްގެ ކޯޗް ތަމްހީން ހަސަންއެވެ.

މުބާރާތުގެ އެންމެ އެއްމީދީ ކުޅުންތރިޔާގެ މަގާމް ކޫއްޑޫ އެއަރޕޯޓް ޓީމްގެ މަރިޔަމް ޝައިޝާ ނަސީމް އަށް ލިބިފައިވާއިރު މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ވެސް ހޮވިފައިވަނީ ކޫއްޑޫ އެއަރޕޯޓް ޓީމެވެ.

މުބާރާތުގެ ފަޙުްރުވެރި 1 ވަނަ ކާމިޔާބު ކުރި މިފްކޯ ޓީމްއަށް 5000ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު ރަނަރަޕް ޓީމަށް ވަނީ 2500ރ ގެ ފައިސާގެ އިނާމެއް ދިފައެވެ.

އަދި މީގެ އިތުރުން މުބާރާތުގެ ރަނަރަޕް ޓީމްގެ ގޮތުގައި ވިލިނގިލި ކައުންސިލްޓީމް ހޮވިފައިވާއިރު އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ރަނަރަޕް ޓީމަށް ފައިސާ އިނާމެއްގެ ގޮތުގައި 750 ރުފިޔާ އަދި ޗެމްޕިއަން ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރަށް ބައިވެރިވި ކޮންމެ ޓީމަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހަވާލުކޮށްދީފައެވެ.

ވިލިނގިލީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި މި މުބާރާތަކީ 2022 ވަނަ އަހަރު ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ގއ.ވިލިނގިލީ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ފުރަތަމަ މުބާރާތެވެ