English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ކޮވިޑު ޖެހިގެން މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުމިއީ ފުވައްމުލަކު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ މަރުވީ އިއްޔެ ކަމަށެވެ.

މިއާއެކު ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޢަދަދު 271 އަށް އެރީއެވެ. އެއީ 253 ދިވެހީންނާއި 18 ބިދޭސީންނެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.