English Edition
Dhivehi Edition

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅު ގދ. ވާދޫ ވެސް މޮނިޓަރިންއަށް ލައިފިއެވެ.

އެރަށް މޮނިޓަރިން އަށް ލާފައިވަނީ މިއަދުއެވެ. އެރަށް މޮނިޓަރިންއަށް ލުމާއެކު ރާއްޖޭގައި މިހައިތަނަށް 29 ރަށް މޮނިޓަރިން ގައި އެބައޮތެވެ.

މިހައިތަނަށް މޮނިޓަރިންއަށް ލާފައިވާ ރަށްތަކަކީ ވާދޫގެ އިތުރުން އެ އަތޮޅު މަޑަވެލި، ތިނަދޫ، ގައްދޫ އާއި ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނެއްލައިދޫ، ލ. ފޮނަދޫ، ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން ވެސް އޮތީ މޮނިޓަރިން ގައެވެ. އަދި ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި ވެސް ވަނީ މޮނިޓަރިން ގައެވެ.

މީގެ އިތުރުން ލ. ދަނބިދޫ އާއި ލ. ހިތަދޫ އާއި ށ. ކަނޑިތީމު އަދި ވ. ކެޔޮދޫ އަދި ކުޑަފަރީ ވެސް މިހާރުއޮތީ މޮނިޓަރިން ގައެވެ.

ޓެގު