އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މަރަދޫ ހެލްތް ސެންޓަރު ބައެއް މަރާމާތާއި އިމަޖެންސީ ރޫމް އެކްސްޓެންޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ އިޢުލާނު ގައި ވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2022 ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް އެދިފައެވެ.
މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދޭ ކަމަށާއި މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 31 ޖަނަވަރީ 2022 ވާ ދުވަހުގެ 13:00ގައި މަރަދޫ ހެލްތް ސެންޓަރުގެ އޮފީހުގައި އޮންނާނެ ކަމަށެވެ. އަދި ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 03 ފެބުރުވަރީ 2022 ވާ ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުމަށް ވެސް އެދިފައިވެއެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ކަމަށް ވެސް އެ ހޮސްޕިޓަލުގެ އިޢުލާނުގައި ވަނީ ބުނެފައެވެ.