English Edition
Dhivehi Edition

ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ހަތަރު ވަނަ ބުރު އައްޑޫ ސިޓީގައި ފަށައިފިއެވެ.

މިއީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ފަރުމާކޮށްގެން އިންވެސްޓިގޭޝަން އޮފިސަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގައި އެކަޑަމިކް ރައިޓިންގ، ލޯ އެންޑް ހިއުމަން ރައިޓްސް، ކްރިމިނޮލޮޖީ ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ. އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމާއި އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކްރައިމްސް އާއި އިންވެސްޓިގޭޝަން މެނޭޖްމަންޓް ފަދަ ތަހުގީގާ ގުޅުންހުރި މޮޑިއުލްތައް ވެސް ކިޔަވައިދޭނެއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވަލް 5 ގެ މި ކޯސް ކުރިއަށް ގެންދަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

މި ކޯހުގައި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ތ އަދި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ގއ، ގދ. އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 27 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވެއެވެ.

އައްޑޫ ސިޓީގައި ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަންގެ ކޯހުގެ ހަތަރު ވަނަ ބުރު ފަށައިގެން ކުރިއަށްދާއިރު މި ކޯހުގެ ތިން ވަނަ ބުރު ކުރިއަށްދަނީ ކުޅުދުއްފުށި ސިޓީގައެވެ.