English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލީހުގައި ބަސް ބުނަން އެއްބަޔަކަށް ދީފައި އޮތުމުން ލިބުނު ތަރައްގީއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެންސީގެ ޓިކެޓުގައި މަރަދޫ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް މުހައްމަދު އަމީތުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެއްބަޔަކަށް އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލީހުގައި ބަސް ކިޔަން ދީފައި އޮތް އޮތުމުން އެ ސިޓީއަށް ލިބުނު މާނަހުރި ދެމެހެއްޓެނިވި ތަރައްގީއެއް ނެތް ކަމަށެވެ.އެހެންކަމުން މާނަހުރި ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުން ހުރި ކެންޑިޑޭޓުނަން މިފަހަރު ހޮވައިދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމަށް އަދި ފެށިފައި ހުރި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރަށް ކޮންމެހެން ބޭނުންވާ އެއްބާރުލުން ދެވޭ ގޮތަށް ބައްޓަންވެފައި އޮތް ތަނަކީ މަޖިލިސް ކަން ފާހަގަކުރައްވާ ނަތީޖާ ނެރެދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މަޝްރޫއުތައް ހިންގަނީ ބަޖެޓުގައި ޖަހައިގެން ކަމަށްވާއިރު ތަރައްގީގެ ވިސްނުމުގައި ނެތް ބަޔަކު މަޖިލީހުގައި ތިބެގެން، ކުރިމަތި ކުރާނެ ހުރަސްތަކުގެ ސަބަބުން މަސައްކަތްތަކަށް ހުއްޓުން އަންނާނެކަމަށެވެ. ޕީއެންސީ ކެންޑިޑޭޓުން ހޮވުމުގެ ނަތީޖާއަކަށް ވާނީ މި އަހަރު ތެރޭގައި ވެސް ގިނަ ކަންތައްތަކެއްގައި ކުލަޖެހޭގޮތްވުންކަން ރައީސް ފާހަގަކުރެއްވިއެވެ.