އައްޑޫ ސިޓީ ފޭދޫގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގެ ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި މިތަނުން ދިވެހި ދެ ފިރިހެނުންނާއި ތައިލޭންޑުގެ ތިން އަންހެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތުހުގީގުކުރަމުންނެވެ.
އައްޑޫގައި ހަށިވިއްކަމުން ދިޔަ ތަނެއް ބަލާ، 10 މީހަކު ހައްޔަރުކޮށްފި
-->
މިދިޔަ މާޗް މަހުވެސް އައްޑޫގައި ހަށިވިއްކަމުން ދެ ތަނެއް ބަލާ ފާސްކޮށް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.