English Edition
Dhivehi Edition
އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: އޭސީސީ

އައްޑޫސިޓީގެ އިސްލާމިކް ސެންޓްޓަރު އަންނަ އަހަރަށް ނިމޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫގައި އެއްފަހަރާ 1500 މީހުންނަށް ނަމާދު ކުރެވޭ އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ.

އައްޑޫ ސިޓީގެ އިސްލާމީ މަރުކަޒު ތަރައްގީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.

ރައީސް އޮފީހުން ބުނީ، ކުރިން ބުނެފައިވަނީ ދެ ފަންގިފިލާ ހިމެނޭ އެ އިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބައެއް ހިމެނޭނެ ކަމަށެވެ. އަދި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހެއް ވެސް ހިމެނޭނެއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އިސްލާމިކް ސެންޓުރުގެ މަޝްރޫއުގެ އިތުރުން މިނިސްޓަރު މިއަދު ވިދާޅުވީ އައްޑޫސިޓީގެ 68 މިސްކިތެއްގެ މަރާމާތައް މިއަރު މިސްކިތް ފަންޑުން 1.5 މިލިއަން ރުފިޔާ ހަރަދުކުރާނެކަމަށެވެ. އެ ހަރަދު ކުރާނީ އެ ސިޓީގެ ކައުންސިލް މެދުވެރިކޮށްކަމަށްވެސް މިނިސްޓަރު ވިދަޅުވިއެވެ.