English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ. އެމަނިކުފާނު މިބައްޔަށް ޕިޒިޓިވްވިކަން އެނގުނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނަށް ށ. ފޯކައިދުއަށް ވަޑައިގަންނަވަން ހަމަޖެހިފައިވެސް ވަނިކޮށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ އަތޮޅުތެރެއަށް ދަތުރުކުރުމުގެ ކުރިން ހެއްދެވި ޕީސީއާރް ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގެންނެވި ކަމަށެވެ. އަދި މިވަގުތު ގޭގައި އެކަހެރިވެވަޑައިގެން ހުންނެވި ކަމަށާއި ޙާލުކޮޅު ރަނގަޅުކަމަށް ވިދާޅުވިއެވެ.

“މާތް ﷲގެ ރަޙްމަތްފުޅުން ޙާލު ރަނގަޅު. މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން،” ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ގެ ދެ ޑޯޒު ފުރިހަމަކުރައްވައިފައެވެ.

މިއީ ރައީސް ޞާލިޙު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ވަނީ މިބަޔަށް ޕޮޒިޓިވްވެފަ އެވެ.