English Edition
Dhivehi Edition

ރަހުމަތްތެރިކަން ހާލިސްކުރެވިފައި އޮންނަން ޖެހޭނީ ހައްގަށް ކަމަށާއި މި ރަހުމަތްތެރިކަން އުފަންވެ, ބޮޑުވާން ޖެހޭނީ އީމާންކަމާއި އިހުސާންތެރިކަމުގެ މަގުގައި ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ރަހުމަތްތެރިކަމުގެ ގުޅުން އުފެދިފައިވަނީ މަތިވެރި މަގުސަދެއްގައި ކަމުގައިވާ ނަމަ, އެއީ މާތްالله އެކަމުގައި ބަރަކާތް ލައްވަވާނެ ގުޅުމެއް ކަމަށެވެ. ރަހުމަތްތެރީންނަކީ ޖަމާއަތެއްގެ ކުރިއެރުމާއި, ފަހަތަށް ޖެހުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއް ކަމަށް ހުތުބާގައި ވަނި ބުނެފައެވެ. އަދި ރަހްމަތްތެރިކަމަކީ ހިތްހަމަޖެހުމާއި ނުތަނަވަސްކަން ގެނެސްދިނުމުގައިވެސް އެމީހުންގެ އަސަރު ވަރަށް ބޮޑު ކަމެއްކަމަށާއި މީހުންގެ ހަޔާތާއި ވިސްނުމާއި ފިކުރަށް ވެސް ރަހުމަތްތެރީންގެ އަސަރު ވަރަށް ވެސް ބޮޑު ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ރަހުމަތްތެރީން އިހުތިޔާރުކުރުމުގައި އިސްލާމް ދީން މަތިވެރި އިރުޝާދުތަކެއް ދެއްވާފައިވާއިރު ރަހުމަތްތެރިކަމުގެ ގުޅުން އުފެދި, ބޮޑުވެފައިވަނީ އިހުލާސްތެރިކަމާއި މަތިވެރި މަގުސަދެއްގައި ކަމުގައިވާ ނަމަ, އެއީ މާތްالله އެކަމުގައި ބަރަކާތް ލައްވަވާނެ ގުޅުމެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެއީ ދޯދިޔާ, ނުބައި ގުޅުމެއް ކަމުގައިވާ ނަމަ, އޭގެ ނުބައިކަން މާތްالله އެފަރާތަކަށް ރައްދުކުރައްވާނެކަމަށްވެސް ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

ތެދުވެރި ސާފު ރަހުމަތްތެރިކަމަކީ އިސްލާމް ދީން އެކަމަށް ގޮވައިލާ, އެކަމަށް ބާރުއަޅާ ކަމެއްކަމުގައި ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ، މިފަދަ އެކުވެރިކަން ގާއިމުކޮށް, މާތްالله އަށްޓަކައި އެކަން ދެމެހެއްޓުމަށް އިސްލާމް ދީން ގޮވާލާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހުމަތްތެރިކަން ހާލިސްކުރެވިފައި އޮންނަން ޖެހޭނީ ހައްގަށް ކަމަށާއި މި ރަހުމަތްތެރިކަން އުފަންވެ, ބޮޑުވާން ޖެހޭނީ އީމާންކަމާއި އިހުސާންތެރިކަމުގެ މަގުގައި ކަން ފާހަގަކޮށް ހުތުބާގައި ބުނީ މިފަދަ ރަހުމަތްތެރީންގެ އެހީ ބޭނުންޖެހޭ ވަގުތުތަކުގައްޔާއި މުސީބާތުގެ ވަގުތުގައި ލިބޭނެކަމަށެވެ.