English Edition
Dhivehi Edition
ދަރުބާރުގޭގައި އުރީދޫ އީސިމް ތައާރަފްކުރުމުގެ ހަފްލާގެ ތެރެއިން / ފޮޓޯ: އުރީދޫ

އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީގެ ޕޭޖު ޝެއާކޮށްލައިގެން އެއާޕޮޑަކާ އި އުރީދޫގެ “މަގޭ ރާއްޖެ” ކަލަންޑަރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ފޭސްބުކާއި އިންސްޓަގްރާމް މެދުވެރިކޮށެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް މޫލީގެ ޕޭޖު ފޮލޯކުރުމުގެ އިތުރުން އެ ޕޭޖުން މި ޕްރޮމޯޝަނަށް ހާއްސަކޮށްފައިވާ ޕޯސްޓަށް ލައިކުދީ، ތިން އެކުވެރިއަކު ޓެގުކޮށް ކޮމެންޓު ކުރަންޖެހެއެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތަށް ތާޑް ޖެން އެއާޕޮޑެއް ގެ އިތުރުން “މަގޭ ރާއްޖެ” ކަލަންޑަރެއް ލިބިގެންދާނެއެވެ. އުރީދޫ އިން ބުނީ މި ކަލަންޑަރަކީ ތަފާތު ޝައުގުވެރި އެތައްކަމެއް އޭގައި ހިމެނޭ ކަލަންޑަރެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް މޫލީ އިފްތިތާހުކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. މޫލީ އަކީ މުޅި ރާއްޖެއަށް ޑެލިވަރީގެ ހިދުމަތްދޭ އޮންލައިން ޕްލެޓްފޯމެކެވެ.ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށް ފުރިހަމަކުރެވޭ މި ޕްލެޓްފޯމުން ޕްރޮޑަކްޓަށް އޯޑަރުކޮށް، ފައިސާ ދެއްކޭނެއެވެ. ގަންނަ މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޯރުކޮށްދޭނެއެވެ.