English Edition
Dhivehi Edition

އައްޑޫ އިންޓަރނޭޝަލް އެއާޕޯޓް ކޮމްޕެނީގެ ފުލް ސްކޭލް އިމަރޖެންސީ އެކްސަރސައިޒެއް މިމަހުގެ 12 ވަނަ ދުވަހު އޮންނާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިއެކްސަރސައިޒަކީ އެއަރޕޯޓްގައި އިމަރޖެންސީ ހާދިސާއެއް ދިމާވެއްޖެ ޙާލަތެއްގައި އެކަމަށް ތައްޔާރުވެފައިވާ މިންވަރާއި ރައްކާތެރިކަން ދެމެހެއްޓޭނެކަން ކަށަވަރުކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މިހަރަކާތުގައި ކަމާއި ގުޅުންހުރި ގިނަ މުއައްސަސާތަކަކުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އައްޑޫސިޓީ ކައުންސިލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ސިއްޙީ މަރުކަޒުތައް، މޯލްޑިވްސ ޕޮލިސް ސަރވިސް، އެމް.އެން.ޑީ.އެފް، މޯލްޑިވްސް ރެޑް ކްރެސެންޓް ފަދަ މުއައްސަސާތައް މިހަރަކާތުގައި ބައިވެރިވާނެކަމަށް އެކުންފުނިން ބުނެއެވެ.

މިހަރަކާތް ބޭއްވޭ ގަޑީގައި ހަރަކާތުގައި ބައިވެރިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ގަމުގެ ކޯޒްވޭ ބަންދުވާނެއެވެ. އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފެށިގެން އެއާޕޯޓާއި ދެމެދު އިމަރޖެންސީ ވެހިކަލްތަކާއި މީހުން އެވަގުތުގައި ހަރަކާތްތެރިވާނެއެވެ.