English Edition
Dhivehi Edition

ސްޕެއިންގެ ވާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭ ބާސާގެ އެއްބަސް ވުން އާ ނުކުރަން ނިންމަފައިފިއެވެ.

ބާސެލޯނާގެ ޑައިރެކްޓާ އޮފް ސޮކާ މަޓެއު އެލެމަނީ ބުރާސްފަތި ދުވަހު ބުނީ އެ ކްލަބުން ހުށަހެޅި އައު އެއްބަސްވުން އާ ނުކުރުމަށް އޮސްމާނޭ ޑެމްބެލޭ ނިންމާފައިވާ ކަމަށާއި އެހެން ކަމުން މި ސީޒަނުގެ ނިޔަލަށް އޭނާ ބާސާއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާއި އެކު ކުލަބު ދޫކޮށް ދާނެކަމަށެވެ. އިތުރަށް އޭނާ ބުނީ ކްލަބުން ހުށަހެޅި އާ ހުށަހެޅުންތައް ގަބޫލު ނުކުރުމުން އޮސްމާނޭ ޑެމްބެލޭ މިހާރުން މިހާރަށް ވެސް ކުލަބުން ވަކިވާން ޖެހޭ ކަމަށެވެ.

” އަހަރުމެން ޑެމްބެލޭ ބާސާގައި ބަހައްޓަން ބޭނުން. އެހެންވެ އެއްބަސްވުން އައުކުރަން އޭނާއަށް ހުށައެޅީ. އެހެން ނަމަވެސް ޑެމްބެލޭ ވަނީ އަހަރުމެންގެ އެ ހުށައެޅުމަށް ދެކޮޅު ހަދާފައި.” ބާސާގެ ޑައިރެކްޓާ އޮފް ސޮކާ މަޓެއު އެލެމަނީ ބުންޏެވެ.

މަޓެއު އެލެމަނީ އިތުރަށް ބުނީ ޑެމްބެލޭ އަކީ މޮޅު ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި ބާސާއިން އަދިވެސް ޑެމްބެލޭ ކުލަބުގައި ބަހައްޓަން ބޭނުން ކަމަށެވެ. ނަމަވެސް ޑެމްބެލޭ ބާސާގައި މަޑުނުކުރަން ނިންމާ ކުލަބުގެ ހުށައެޅުމަށް ދެކޮޅުހެދުމުން ކުލަބުގެ ޕްލޭން ތަކުން ޑެމްބެލޭ މިހާރު އުނިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ޑެމްބެލޭ ބާސާއާއި ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑުން 2018 ވަނަ އަހަރުގައެވެ. އެ އަހަރަު ޑެމްބެލޭ ބާސާއާއި ގުޅުނީ ޔޫރަޕްގެ ދެވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި 105 މިލިއަން ޔޫރޯއަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މި ސީޒަނުގެ ނިޔަލަށް ޑެމްބެލޭ ބާސާއި އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަ އިރު، ދެން އޭނާ ފެނުން އެންމެ ގާތީ އިނގިރޭސި ޕްރިމިއާ ލީގުން ކަމަށް މީޑިއާ ރުޕޯޓުތައް ބުނެއެވެ. އެގޮތުން ޑެމްބެލޭ ބަދަލުވުމަށް ވިސްނަމުން ދަނީ ނިއުކާސަލް ޔުނައިޓެޑަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

2018 ވަނަ އަހަރު ބާސާއާއި ގުޅުނު ޑެމްބެލޭ ވަނީ އޭނާ މިހާތަނަށް ބާސާއަށް ކުޅެދިން 129 މެޗުގައި 31 ގޯލް ޖަހައިދީފައެވެ.