English Edition
Dhivehi Edition

ގެމަނަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ގއ. ގެމަނަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ. މި ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވަނީ ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު: 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބިފައިވަނީ އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ފާޠިމަތު ޝިފާޒާ އަށެވެ. ކެންޑިޑޭޓް ނަމްބަރު ދޭއް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓް، އާމިނަތު ރިޔާޒާ އަށް ލިބުނު އިރު، ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބުނީ އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، މަރްޔަމް ޖަމްޝީދާ އަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު ހަތަރެއް ލިބުނީ މަރްޔަމް ފަޛުނާ އަށެވެ. މިވެސް އަމިއްލަގޮތުން ވާދަ ކުރައްވާ ފަރާތެކެވެ.