English Edition
Dhivehi Edition

މާލޭ ސޯޝަލް ސެންޓަރު ފިޔަވައި ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސްތަކުގެ ތެރޭގައި އައްޑޫ ސިޓީ މީދޫ ކޮމްޕްލެކްސް ހިމެނޭކަމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ މާލޭ ސޯޝަލް ސެންޓަރު ފިޔަވައި ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސްތަކުގެ ތެރެއިން ސ. މީދޫ ކޮމްޕްލެކްސް ގާއިމްކުރަން ޓެންޑަރ ބޯޑަށް ފޮނުވާފައިވާކަމަށެވެ. އަދި މި ކޮމްޕްލެކްސްގައި ބައިނަލްއަގްވާމީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅަ މުބާރާތް ކުޅެވޭނެކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތައް ދެފުށް ފެންނާނެ ގޮތަކަށް ހިންގުމަށްޓަކައި އަދި ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަގުފަހިކުރުވުމުގެ ގޮތުން ސަރުކާރުން “އައިލްސް”ގެ ނަމުގައި ހިންގާ ވެބްސައިޓްގައި ހިމެނޭ މައުލޫމަތުތަކަށް ބަލާއިރު ޔޫތު މިނިސްޓްރީން އައްޑޫ ސިޓީ މީދޫގައި ސްޕޯޓްސް އެރީނާގައި ހިމެނޭ 2 ވޮލީ ކޯޓާއި ނެޓްބޯލް ކޯޓު އަދި ބަށިކޯޓު ތަރައްޤީކުރުމުގެ މަސައްކަތް 1 ޖުލައި 2017 ގައި ފަށާފައިވާއިރު އެ މަސައްކަތް ނިމިފައިވަނީ 5 މާރިޗު 2020ގައެވެ.

އައްޑޫ ސިޓީ މީދޫގައި، 2022 ވަނަ އަހަރު ޖުމްލަ 20 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އެ އަވަށުގެ މަޝްރޫއުތަކަށް ޖުމްލަ 4,263,404.00 ވަނީ ބަޖެޓްކޮށްފައެވެ.