English Edition
Dhivehi Edition
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ބައިވެރިިން ފޮޓޯ: ޔޫތު މިނިސްޓްރީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގި “ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް” ގެ ދަށުން 43 ޒުވާނުން ގްރެޖްއޭޓް ވެއްޖެއެވެ.

އިއްޔެ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާގައި ބޭއްވި މި ރަސްމިއްޔާތުގައި ގްރެޖުއޭޓުންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އެވެ. މި ޕްރޮގްރާމްގެ ދަށުން 43 ޒުވާނުން ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު 21 ފަރާތެއްގެ ވަޒީފާ ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި 9 ދާއިރާއަކުން ޒުވާނުން ތަމްރީނުކޮށްފައިވާ މި ޕްރޮގްރާމް ހިންގާފައިވަނީ ޝެރަޓަން މޯލްޑިވްސް، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް، ލެ މެރިޑިއަން މޯލްޑިވްސް
• ރިޓްސް ކާރްލްޓޮން މޯލްޑިވްސް، އެސްޓީ. ރެގިސް މޯލްޑިވްސް، ޑަބްލިއު މޯލްޑިވަސް އަދި ވެސްޓިން މޯލްޑިވްސްގައެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް ތަމްރީނާ ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާ ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި ކަށަވަރުކުރުމަށްފަހު ތަމްރީން ފުރިހަމަކުރި ކަމުގެ ގައުމީ ސަނަދެއް ދެއެވެ.

މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.