English Edition
Dhivehi Edition

ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާއިރު މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދިނުމަށް 3 ނުވަތަ 4 ގަޑި އިރު ނަގާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

“ްސްޓެލްކޯ އިން ބުނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރޭގައި ގެއްލުން ވެފައިވަނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް. އަދި މި ކޭބަލް މަރާމާތު ކުރުމަށް ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑި އިރު ހޭދަވާނެ ކަމަށް ބެލެވޭ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކޮށް އަލުން ހިޔާ ފްލެޓްތަކަށް ކަރަންޓު ފޯރުވައިދިނުމަށް.” ސްޓެލްކޯ އިން ބުނެފައިވެއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.