English Edition
Dhivehi Edition
ގއ.އަތޮޅު ކައުންސިލް ޓީމުން ފުވައްމުލައް ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުން ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ގއ.އަތޮޅު ކައުންސިލް ޓީމުން ފުވައްމުލައް ސިޓީއަށް ކުރައްވާ ތަޖުރިބާ ދަތުރުގައި، އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލާއި އެކު ރަސްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.
ފުވައްމުލައް ސިޓީ މޭޔަރު އިސްމާޢިލް ރަފީޤު އާއި ބައެއް ކައުންސިލަރުން ގެ އިތުރުން ކައުންސިލުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ވަނީ ގއ.އަތޮޅާއި ފުވައްމުލައް ސިޓީ އާއި ދެމެދު އިތުރަށް ގުޅުން ބަދެހިކޮށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
މި ގޮތުން މި ބައްދަލުކުރެއްވުމުގައި ގއ. އަތޮޅާއި ފުވައްމުލައް ސިޓީ އާއި ދެމެދު އޮންނަ ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ރަނގަޅުކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ގއ. އަތޮޅާއި ފުވައްމުލައް ސިޓީ ގުޅިގެން އިޤްތިޞާދީ ފައިދާ ހިއްޞާ ކުރެވިދާނެ ދާއިރާތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާ ފާހަގަކޮށް، އެ ދާްއިރާއިން ނަފާ އިތުރުކުރެވިދާނެ ގޮތްތަކާއި މެދު ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.