English Edition
Dhivehi Edition
2019 ވަނަ އަހަރު އެވޯޑް ހާސިލްކުރި ފަރާތަކަށް ރައީސް ސޯލިހް ޝީލްޑް ހަވާލުކުރައްވަނީ - ފޮޓޯ: ޓްވިޓާ

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތުު ހުޅުވާލައިފިއެވެ.

އަންހެނުންގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އަންނަ ފެބްރުވަރީ މަހުގެ ދިހަ ވަނަ ދުވަހާއި ހަމައަށެވެ.

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ އިރު، މި އެވޯޑަށް ކުރިމަތިލުމަށް އަމިއްލަ ނަން ނުވަތަ އެހެން ފަރާތެއް ނޮމިނޭޓް ކުރަން ބޭނުންވާނަމަ އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

މި އެވޯޑު ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.