English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން 18 އަހަރު ނުފުރޭ ދެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، އެ މާރާމާރީ ހިންގި ދެ ކުދީންކަމަށާއި އެދެކުދިން ވަނީ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިކަމަށް މައުލޫމާތު ލިބެއެވެ.

ރޭ 11 ޖަހަން އުޅެނިކޮށް ހިތަދޫ ބޮޑު މަގުގައި، މަލްޓި މާޓް ކުރިމަތިން ދެ ކުއްޖެއްގެ ދެ މެދުގައި ހިންގި މާރާމާރިއެއްގައި، އެތަނުން އެއް ކުއްޖެއްގެ ބަނޑަށް ވަޅިން ހަމަލާ ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެޗުއާރުއެޗު ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ ސަތާރަ އަހަރުގެ އެކުއްޖާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލީ އޭނާއަށް ލިބިފައިވާ ޒަޚަމް ސީރިއަސްކަމަށް ޑޮކްޓަރުންގެ ޓެސްޓްތަކުން ނުފެންނާތީ ކަމަށެވެ.

ބަނޑަށް ލިބިފައިވާ ޒަޚަމް ފަހައި ބޭސް އެޅުމަށްފަހު ރޭ ބާރައިގެ ފަހުގެ ވަގުތެއްގައިވަނީ އެކުއްޖާވަނީ ހޮސްޕިޓަލުން ދޫކޮށްފައެވެ. އޭނާގެ އިތުރަށް ދެންގެނައި ކުއްޖާގެ ބޮލަށްވެސް ވަނީ އަނިޔާވެފައި ކަމަށާއި ދެ ކުދިންވެސް ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެއެވެ.