English Edition
Dhivehi Edition

އައްޑޫ, ހުޅުމީދޫގައި ތޫނު އެއްޗަކުން ހަމަލާދީ 39 އަހަރުގެ ފިރިހެނަކު ޒަހަމްކޮށްލައިފިއެވެ. މި ހަމަލާގައި ޒަހަމްވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ، މި މާރާމާރީގެ މައްސަލަ ހުޅުމީދޫ ހެލްތު ސެންޓަރުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:50 ހާއިރު ކަމަށެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެގު