English Edition
Dhivehi Edition

ގދ.ތިނަދޫ ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޓާޝިއަރީ ހޮސްޕިޓަލް ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ކުރި އިއުލާނެއްގައި ވަނީ މި މަސައްކަތްކުރުމަށް ޝައުގުވެރުވާ ފަރާތްތަކުން 10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުން ފެށިގެން 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމަށް އެދިފައެވެ.

މި މަސައްކަތާއި ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ޖަނަވަރީ ބުދަ ދުވަހުގެ ހެނދުނު 12:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.އިތުރަށް މިނިސްޓްރީން ބުނީ ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމަށެވެ.

ގދ.ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލް ތަރައްގީކުރުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާއިރު މިކަމަށް ލަފާކޮށްފައިވަނީ 1,965,065 ރުފިޔާއެވެ.

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން، ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2020 ވަނަ އަހަރު މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.